މޯލްޑިވިއަންގެ އޭވިއޭޝަން އެކެޑަމީގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ފަށާ ރިޕްރެޝިން ކޯހަށް ދައްކަން ޖެހޭ ފައިސާގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަށް ލޯނު ދެނީ ހަޔާ ސަރުކާރުންނެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް އެދި ހުށަހެޅޭނީ މިމަހުގެ 26 ގެ ނިޔަލަށް ކަމަށެވެ.
މި ލޯނަށް ކުރިމަތިލެވޭނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ފްލައިން ސްކޫލް ހިންގިއިރު ޕައިލެޓް ލައިސަންސް ފުރިހަމަ ކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން ކޯހުގެ ބާކީބައި ފުރިހަމަ ކުރަން ހަދަންޖެހޭ ރިފްރެޝާ ޕްރޮގްރާމްގައި ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. ލޯނު ފައިސާ ދޫކުރާނީ ރިފްރެޝާ ޕްރޮގްރާމްގެ ފީ އެވެ.
ހަތް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ފީއަކީ 1500 ޑޮލަރެވެ.
ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ރިފްރެޝިން ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމީ ކުރިން އައްޑޫ ފްލައިން ސްކޫލް ހިންގިއިރު ދަރިވަރުންނަށް ނުކިޔެވި އެތައް ދުވަހެއް ފާއިތުވެ ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަން ކުރުމުގެ ގޮތުން ނެވެ.
ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް އިތުރު ލޯނު ދޫކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.