ގައުމީ ޔުނިވާސިޓީ

ޔޫކޭގެ ޔުނިވާސިޓީއަކާއެކު އެމްއެންޔޫއިން އެމްއޯޔޫއެއް

Jan 13, 2022

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޕްލިމަތާއެކު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީން ގުޅިގެން އެކި ދިރާސާތަައް ކުރާނެ އެވެ. ޕްލިމަތު ޔުނިވާސިޓީއަކީ މިހާރު ވެސް ކަނޑުގެ ދިރާސާތައް ކުރުމުގައި މަޝްހޫރު ޔުނިވާސިޓީ އެކެވެ. އަދި ދެ ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބަދަލުކޮށް އަދި ރާއްޖޭގެ ދަރިވަރުންނަށް ޕްލިމަތު ޔުނިވާސިޓީގައި ކިޔެވުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދޭނެ އެވެ.

އެމްއެންޔޫއިން މިހާރުވެސް ދަނީ ވިޔަފާރިގެ ދާއިރާއި، ގާނޫނީ، ސައިންސް، އިންޖިނިއަރިން އަދި މެޑިސިންގެ ދާއިރާތަކުން ކޯސްތައް ހިންގަމުން ނެވެ.