ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ސްކޮލަޝިޕް 12 ދަރިވަރަކަށް ދީފި

ތޫނުފިލި ދަރިވަރުންގެ ތެރެއިން މަތީ ތައުލީމަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގައުމީ ޔުނިވާސިޓީން ދެމުންގެންދާ ސްކޮލަޝިޕް 12 ދަރިވަރަކަށް ދީފި އެވެ.

މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޮލަޝިޕްތައް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

އެ ސްލޮކަލަޝިޕްތަކަަށް ކުރިމަތިލުމަށް ހުޅުވާލުމުން 200 އަށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލި އެވެ.

ސްކޮލަޝިޕްތައް ދިނީ ތިން ގިންތިއަކުން ނެވެ. އެގޮތުން ޓިއުޝަން ފީ ހިލޭ ލިބޭ ގޮތަށް އަށް ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ދީފަ އެެވެ. އެއީ ޑިގްރީއަށް ކިޔަވަން ހަ ދަރިވަރަކަށް އަދި މާސްޓާސްއަށް ކިޔަވަން ދެ ދަރިވަރަކަށެެވެ.

އޭގެ އިތުރުން ފުލީ ފަންޑެޑް ސްކޮލަޝިޕް ހަތަރު ދަރިވަރަކަށް ދިނެވެ. އެއީ ޑިގްރީއަށް ކިޔަވަން ހަ ދަރިވަރަކަށް އަދި މާސްޓާސްއަށް ކިޔަވަން ދެ ދަރިވަރަކަށެެވެ.

މި ސްކޮލަޝިޕް ސްކީމްގެ ހަރަދު ހަމަޖައްސަނީ ޔުނިވަސިޓީ އަށް ލިބޭ އާމްދަނީންނެވެ.