ގައުމީ ޔުނިވާސިޓީ

ބައިނަލްއަގްވާމީ ދިރާސާއެއްގައި އެމްއެންޔޫ ބައިވެރިވަނީ

Jan 19, 2022

ގްލޯބަލް ރިސާޗް ޕްރޮޖެކްޓްގައި މޯލްޑިވްސް ނެޝަނަލް ޔޫނިވަސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔޫނިއަނުން ބައިވެރިވެއްޖެ އެވެ.

މިއީ އެމެރިކާގެ މަޝްހޫރު ހާވާޑް ޔުނިވަސިޓީ އާއި ގްލޯބަލް ސްޓޫޑަންޓް ފޯރަމް ގުޅިގެން ކުރިއަށް ގެންދާ ރިސާޗް ޕްރޮޖެކްޓެކެވެ.

ރިސާޗުގެ ބޭނުމަކީ އެކި ގައުމުތަކުގައި ދަރިވަރުންގެ ޔޫނިއަން ތަކުން ދަރިވަރުންގެ ކަންކަން ރާވާ ހިންގާ ގޮތް ބެލުމާއި، ދަރިވަރުންގެ ބައިވެރިވުން އެކަންކަމުގައި އޮންނަ ގޮތް ބެލުމާއި، ދަރިވަރުންނާ ގުޅޭ ކަންކަމުގައި އެކި ގައުމުތަކުން އަމަލުކުރާ ސިޔާސަތުތައް ދެނެގަތުމެވެ.

އެމްއެންޔޫ އިން ބައިވެރިވާ ރިސާޗް ޓީމުގައި އިސްކޮށް ހުންނަވާނީ އެމްއެންޔޫ ދަރިވަރުން ޔޫނިއަންގެ 2019 ވަނަ އަހަރުގެ ރައީސް އަދި މިހާރުގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު، މުހައްމަދް ޝާން އާމިރު އެވެ. އޭނާ ވަނީ އެމްއެންޔޫ އިން ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އޮނާސް ޑިގްރީ ހާސިލްކޮށްފަ އެވެ.

ހަވާޑް ޔުނިވަސިޓީގެ ފަރާތުން ރިސާޗުގައި އިސްކޮށް މަަސައްކަތް ކުރައްވާނީ ޑރ. މަންޖާ ކްލެމެންސިކް އެވެ.

ގްލޯބަލް ސްޓޫޑަންޓް ފޯރަމްގައި 119 ގައުމަކަށް ނިސްބަތްވާ 196 ދަރިވަރުންގެ ޔޫނިއަން ތަމްސީލް ކުރާ ރިސާޗަރުން ހިމެނެ އެވެ.