ރައީސް މުހައްމަދު ނަޝީދު

ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ލަންކާއަށް

މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިން އަދި ސްޓޭޓް
މިނިސްޓަރު އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓާޕްރައިސް ޑިވެލޮޕްމަންޓް ނަމާލް ރާޖަޕަކްސަގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި މަހުގެ 16 އިން 18 އަށް ނަޝީދު ކުރައްވާ ދަތުރުފުޅަކީ ފަސް ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ ދެ ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ސެޝަންއަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑާޝިޕް ހުނަރުތައް އަށަގެންނެވުމަށާއި އެ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ނޭޝަނަލް ޔޫތު ސާވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.

ރައީސް ނަޝީދު ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސްވެރިން އަދި އެ ގައުމުގެ
އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.