މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވެ 16 އަތޮޅަށް މޫސުމީ އިންޒާރު

Jan 17, 2022

މޫސުން ގޯސްވެ 16 އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެެރެފައިވާ ކަމަށެވެ. އެ އެލާޓް ނެެރެފައިވަނީ މިރޭ 10 އިން މެންދަމު ހަތަރަކަށެވެ.

މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފައެވެ.