ކީރިތި ގުރުއާން

ކުށް ފިލުވާ ކޮމިޓީއެއް ހަދައިފި

އާޔަތްތަކުގެ ކުށްހުރިތޯ ބަލާ ކޮމިޓީގެ މެމްބަރުންނާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރައްވަނީ-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
0%
0%
0%

ރާއްޖޭގެ ފޮތްތަކުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ހިމަނައިގެން ޗާޕް ކުރާއިރު ކުށް ލިޔެވިފައި ހުންނާތީ އެކަން ކަން ބަލައި ކުށް ފިލުވަން ކޮމިޓީއެއް އިސްލާމިކު މިނިސްޓްރީން އެކުލަވާލައިފި އެވެ.

"ފާސް ކުރާ ކޮމެޓީ" ގެ ނަމުގައި ކޮމެޓީއެއް އެކުލަވާލީ ރާއްޖޭގައި ޗާޕްކުރާ ބައެއް ފޮތްތަކުގައި ގުރްއާނުގެ އާޔަތްތައް ހިމަނައިގެން ޗާޕް ކުރުމުގައި ކުށް ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

މި ކޮމިޓީ އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެެވެ. ކޮމިޓީގެ ޗެއާއަކީ އަލް ހާޒިފް ޑރ. މުހައްމަދު އިޔާޒް ޢަބްދުއް ލަތީފެވެ. އަދި ވައިސް ޗެއާއަކީ އައްޝައިހު އަލްހާފިޒް މުހައްމަދު ލަތީފެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުން

  • އައްޝައިޚް ނަސްރުﷲ އަލީ
  • އައްޝައިޚް އަލްޙާފިޒް އިބްރާހީމް ރަޝީދު ހަސަން
  • އައްޝައިޚް އަލްޙާފިޒް އަހުމަދު ޝަފީޤް
  • އައްޝައިޚް އަލްޙާފިޒް އަލީ ނަޖީބް
  • އަލްޙާފިޒް ޢަބްދުﷲ މަސްއޫދު

ދަރިވަރުންގެ ގުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަތަކެއް ފެންމަތިވެ އެކަން އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފެށީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ. އަދި އޭގެ ފަހުން ގުރުއާންގެ އާޔަތްތައް ފޮތް ތަކުގައި ނުހިމަނަން ވެސް މަޝްވަރާ ކުރި އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޒިންމާ

ކޮންމެ މުއައްސަސާ އަކަށް އެތައް ކޮމެޓީއެއް.

ދުކްތޫރު

އަބަދު ޔާމީނަށް އެތިވަރުގޮވާ އިމްރާނާއި ސޯލިހަށް އިޔާޒު ސަނާ ކިޔާ ސަބަބި ސާފު ވާނެކަމަށް ހީކުރަން! ޢަލީ ރަމީޒު ލިޔެފަ އޮތް ސޯޝަލް މީޑީއާ ޕޯސްޓެއްގަވެސް އޮވޭ އަދާލަތުގެ ޤިބުލައެއްގެ ވާހަކަ.

ގުއިއްޒު

މި ކޮމިޓިއަކީ ކުށް ނުކުރާ އަދި ކުށެއް ނުކުރެވޭނެ ބައެއް؟؟؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910