ވިޔަފާރި

ދިރާގުން ކުޑަކުދިންގެ ހިޔާގެ ކުދިން ސަބްމެރިންއަށް ގެންގޮސްދީ ހެއްވާލައިފި

Dec 18, 2015
  • ކުޑަކުދިންގެ ހިޔާއަށް ދިރާގުން ގިނަ އެހީތަކެއް ދޭ
  • ސަބްމެރިން ދަތުރު ދިނީ ދިރާގު ސީއެސްއާރުގެ ދަށުން
  • ދިރާގު ސީއެސްއާރު ޕްރޮގްރާމުން ގިނަ އެހީތަކެއް ދެމުންދޭ

ދިރާގުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ސަބްމެރިންނަށް ދަތުރެއް ހަމަޖައްސައިދީފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ބޭއްވި މި ސަބްމެރިން ދަތުރުގައި ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިންނަށް، ކަނޑުއަޑީގެ ރީތި މަންޒަރުތައް ވޭލް ސަބްމެރިންގައި ތިބެ ބަލާލުމުގެ ފުރުސަތު ދީފައިވެ އެވެ. މިއީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ނުލިބޭ ވަރުގެ އުފާވެރި ވަގުތު ކޮޅަކަށްވި އެވެ. މި ވަގުތު ކޮޅުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިން ވަނީ އުފަލުން ފޮޅިފަ އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ބޭއްވި މި ދަތުރުގައި ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ ޓީޗަރުން ވެސް ބައިވެރިވެފައިވެ އެވެ.

ދިރާގުން ވަނީ މީގެ ކުރިން އަހަރުތަކުގައި ވެސް ސްކޫލް ބަންދާ ދިމާކޮށް ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން މިދިޔަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް ހާއްސަކޮށްގެން މެޖިކް ޝޯއެއްވެސް ބޭއްވި އެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެ ކުންފުނިން ދަނީ ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގިނަ އެހީތަކެއް ދެމުންނެވެ.