ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބްރިޖް ކައިރީ ސާމްޕަލް ކަލެކްޝަން ސެންޓަރެއް

ސިނަ މާލެ ބްރިޖް ކައިރީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ސާމްޕަލް ކަލެކްޝަން ސެންޓަރުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގެ އެޗް 8، ޓަވަރު ކައިރީގައި ވެސް އެޗްޕީއޭއިން އިއްޔެ ވަނީ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވާފަ އެވެ. އެތަނުން މެންދުރު ފަހު 3:30 އިން ހަވީރު 6:30 އަށް ސާމްޕަލް ނަގައި ދޭނެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ ހެންވޭރު ދަނޑުގައި ވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެތަނުން ހަވީރު 3:00 އިރު އޮއްސި 6:00 ސާމްޕަލް ނަގައިދެ އެވެ.

މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ. ފްލޫ ކްލިނިކްތައް ހުންނަނީ ސެނެހިޔާ، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

ސާމްޕަލް ނަގައިދޭ ވަގުތުތަކުގައި ސެނަހިޔާ ފްލޫ ކްލިނިކް ސަރަހައްދުގައި އަބަދުވެސް ދިގު ކިއުތަކެއް އޮވެ އެވެ.

މާލެއިން ރަށްރަށަށް ދާއިރު ކޮވިޑް ޓެސްޓް ހަދަން މަޖުބޫރު ކުރުމުން އެތައް ބަޔަކު ސާމްޕަލް ދޭން ކިއުތަކުގައި ގިނައިރު ތިބެ އެވެ. މި ސެންޓަރުތަކަށް ބާރު ބޮޑުވަނީ ހިލޭ ޓެސްޓް ކޮށްދޭތީ އެވެ.

ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ކޮވިޑަށް ޓެސްޓް ކޮށްދެނީ 500 ރުފިޔާ އިން މަތީގެ އަގުތަކެއްގަ އެވެ.