އިތާފުށި

އިތާފުށްޓަށް ދުނިޔޭގެ މަޝްހޫރު ރެސްޓޯރެންޓެއް

Jan 27, 2022

ވޮލްޑޯފް އެސްޓޯރިއާ- އިތާފުށި މޯލްޑިވްސްގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ހުޅުވައިފި އެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީކޮށްފައިވާ އިތާފުށި ރިސޯޓުގައި ހުޅުވި ޖަޕާނުގެ ޖުމާ ރެސްޓޯރެންޓަކީ މި ސަރަހައްދުގެ ގައުމެއްގައި ވެސް ހުޅުވި މި ބްރޭންޑުގެ ފުރަތަމަ ރެސްޓޯރެންޓެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޖަޕާނުގެ މި ރެސްޓޯރެންޓް ރާއްޖޭގައި ހުޅުވީ ރޯޔަލްޓީގެ ގޮތުގައި ބޮޑު ފީއެއް ދައްކައިގެން ކަމަށް އެނގިފައިވެ އެވެ. އަދި މިތަން ވެގެންދާނީ އިންޑިއާ ކަނޑުގެ ގައުމެއްގައި މިގޮތަށް ހުޅުވި ފުރަތަމަ ރެސްޓޯރެންޓަށެވެ.

އިތާފުއްޓަކީ މިހާރުވެސް މަޝްހޫރު ރެސްޓޯންޓްތައް ހުރި ރިސޯޓެކެވެ. އެ ރިސޯޓުގައި އަރަބިކް އަދި ޗައިނީސް ހާއްސަ ރެސްޓޯރެންޓެއްގެ އިތުރުން 10 ރެސްޓޯރެންޓެއް ހުރެ އެވެ.