ރާއްޖޭގެ އިތާފުށި މޯލްޑިވްސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް މެގަޒިން ފޯބްސްގެ ވަރަށް ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
މަހުޖަނުންނާއި ސެލެބްރިޓީންގެ މެދުގައި މަގުބޫލު ފޯބްސްގެ ޓްރެވަލް މަޖައްލާގެ ފަރާތުން ރާއްޖޭގެ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި މޯލްޑިވްސް އަށް ދީފައި ވަނީ މި އަހަރުގެ އެންމެ ފުރިހަމަ އިންސްޓަގްރާމް އެކައުންޓެއް ހިންގާ ހޮޓަލަކަށް ދޭ "ހޮޓެލް އިންސްޓަގްރާމް އޮފް ދި އިޔާ" އެވޯޑެވެ.
މި އެވޯޑު އިތާފުށި މޯލްޑިވްސް އަށް ލިބިފައިވަނީ ރީތި ހިތްގައިމު ފޮޓޯތައް ލައި އެ ރިސޯޓުގެ ސޯޝަލް މީޑިއާ ޓީމުން ކުރަމުން ދިޔަ ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަންގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ އިތާފުށިން ދަނީ ކޮންމެ ދުވަހަކު ވެސް އެ ރިސޯޓުގެ މަތިން ފެންނަ ގޮތަށް ހަދާފައިވާ ޓްރީޓޮޕް ރެސްޓޯރެންޓާއި މޫދުގައި އަޅާފައިވާ އަގުބޮޑު ވިލާތައް އަދި ރާއްޖޭގެ ރީތި މާހުލު ދުނިޔެ އަށް ދައްކަމުންނެވެ. އެހެންވެ އަބަދުވެސް މި ރިސޯޓަށް ދުނިޔޭގެ މަޝްހޫރު މީހުން އާދެ އެވެ.
ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހާއި މެދުއިރުމަތީގެ ގަތަރުގެ މަހުޖަނަކު ހިންގާ، މި ރިސޯޓުގައި ދާދިފަހުން ވަނީ ރާއްޖޭގެ ބޮޑު ޕްރައިވެޓް ވެސް ހުޅުވާފަ އެވެ. މިތަނުން ކޮޓަރި ދޫކުރަނީ ރެއަކަށް 80،000 ޑޮލަރެވެ. ގާތްގަނޑަކަށް 600 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ އިތާފުށި ރިސޯޓުން މިދިޔަ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 3،340 ޑޮލަރު (ގާތްގަނޑަކަށް 51،502ރ.) ދީފައިވެ އެވެ.