އިތާފުށި

އިތާފުށީގެ މި މަހުގެ ސާވިސްޗާޖް ބައިލައްކަ ރުފިޔާ

Jan 23, 2021
1

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ން ސާވިސް ޗާޖުގެ ގޮތުގައި މި މަހު އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ބައިލައްކަ ރުފިޔާ ދީފި އެވެ.

ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހާއި މެދުއިރުމަތީގެ ގަތަރުގެ މަހުޖަނަކު ހިންގާ ރާއްޖޭގެ ބޮޑު ޕްރައިވެޓް އައިލެންޑް ވެސް ހިމެނޭ އިތާފުށީގެ މި މަހުގެ ސާވިސް ޗާޖާ ބެހޭ ގޮތުން ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުނި ގޮތުގައި އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މި މަހު ކޮންމެ މުވައްޒަފަކަށް 3،340 ޑޮލަރު (ގާތްގަނޑަކަށް 51،502ރ.) ދޭން ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ހިލްޓަންގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ އިތާފުއްޓަކީ ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ގިނައިން ސާވިސް ޗާޖު ދޭ އެއް ރިސޯޓެކެވެ. އަދި މުޅި ދުނިޔޭގައިވާ އެންމެ މަޝްހޫރު ލަގުޒަރީ ރިސޯޓް ލިސްޓްގެ ކުރީގައި އިތާފުށި ހިމެނެ އެވެ.

ލަގްޒަރީ ޓްރެވަލް މެގަޒިލް ޓްރެވަލް ލެޒާ އިން ހޮވި ދުނިޔޭގެ އެންމެ ފުރިހަމަ 100 ހޮޓަލުގެ، ފަސް ވަނާގައި އޮތް އިތާފުށިން ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައެއް ނުވެއެވެ.

ރިސޯޓް ވޯކާސް ޖަމިއްޔާއިން ބުނާ ގޮތުގައި އެހެން ބައެއް ރިސޯޓުތަކުން ވެސް މި މަހު ސާވިސް ޗާޖު މައްޗެވެ. ވަން އެންޑް އޮންލީ ރީތި ރަށުން 3،007 ޑޮލަރު ދެ އެވެ. އަނަންތަރާ ކިހަވަށް މޯލްޑިވްސް އިން 2،907.43 ޑޮލަރު ދެ އެވެ.