ފޯބްސް

ވޮއްމުލި ރިސޯޓަށް ފޯބްސްގެ އެނުއަލް ސްޓާ އެވޯޑް

Feb 22, 2021

ރާއްޖޭގެ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓަށް ފޯބްސް ޓްރެވަލް މަޖައްލާގެ އެނުއަލް ސްޓާ އެވޯޑް ލިބިއްޖެ އެވެ.

ދ. އަތޮޅު ވޮއްމުލި ރިސޯޓުން ބުނި ގޮތުގައި އެ ރިސޯޓަށް ލިބިފައި ވަނީ ފޯބްސް ޓްރެވަލް ގައިޑުގެ އެވޯޑެވެ. އަދި އެ ރިސޯޓަށް މި އެވޯޑު ލިބުނު މިއީ ދެވަނަ އަހަރެވެ.

ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓަކީ ތަފާތު ޑިޒައިންތައް ފެންނަ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގެ ވިލާތައް ޑިޒައިން ކޮށްފައި ވަނީ ބޮޑު މަހުގެ ސިފަ ފެންނަ ގޮތަށެވެ.

ފޯބްސްގެ އެވޯޑު ވޮއްމުލި ރިސޯޓަށް ލިބުނުއިރު، ފޯބްސްގެ އެވޯޑެއް މިފަހަރު ރާއްޖޭގެ އިތާފުށި މޯލްޑިވްސްއަށް ވެސް ލިބިފައިވެ އެވެ.