އިތާފުށި

ޕެރިސް ހިލްޓަންގެ ހަނީމޫން ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގައި

Jan 6, 2022

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ އަދި މޮޑެލް ޕެރިސް ހިލްޓަން ފިރިމީހާ އެކު ވޮލްޑޯފް އެސްޓޯރިއާ އަށް ހަނީމޫން ހޭދަކުރަން އަތުވެއްޖެ އެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ޕެރިސް ހިލްޓަން، އިތާފުށީގައި ހަދާފައިވާ ހިލްޓަން ކުންފުނީގެ ވޮލްޑޯފް އެސްޓޯރިއާގައި ހޭދަކުރާ ހަނީމޫންގެ ދުވަސްތަކުގައި ހަތް ދުވަހު އެ ރިސޯޓުގައި އުޅޭނެ އެވެ.

މި ދުވަސްތަކުގައި އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ މި ރިސޯޓުގައި ރެއަކަށް 7،000 ޑޮލަރަށް ވިއްކާ ލަގްޒަރީ ވިލާއެއްގަ އެވެ،

ހިލްޓަން، އޭނާގެ ފިރިމީހާ ކާޓާ ރިއަމްއާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އުމުރުން 40 އަހަރުގެ ތަރި ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ދުވަސްތަކުގެ ފޮނި ހަނދާންތައް ދަނީ ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ތަރައްގީކޮށްފައިވާ އިތާފުށީގައި ޕެރިސް ހިލްޓަންގެ އިތުރުން ވެސް ދުނިޔޭގެ މަަޝްހޫރު ތަރިން މިހާރު ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ.