މޯލްޑިވްސް ނޭޝަނަލް ޕާޓީ

ހިޔާ ސަރަހައްދުގައި ހަންނާންގެ ކެމްފޭން ހިނގާލުމެއް

ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ މީހުންނަށް އަމާޒުކޮށްގެން އެމްއެންޕީގެ ޓިކެޓްގައި އެ ދާއިރާއަށް ވާދަކުރާ އަބްދުލް ހަންނާންގެ ކެމްފޭން ހިނގާލުމެއް ބާއްވައިފި އެވެ.

އެ ހިނގާލުން މިއަދު ހަވީރު 3:30 ގައި ފަށާފައިވަނީ ހިޔާ ޓަވަރު 12 ކައިރިންނެވެ.

ހިނގާލުމަށް ފަހު އެމްއެންޕީގެ ލީޑާޝިޕްގެ އިސްބޭފުޅުން ވަނީ ހިޔާ ފްލެޓް ސަރަހައްދުގައި ހެދިކާ މޭޒު ބަހައްޓައިގެން ތިބި ފަރާތްތަކާއި ބައްދަލުކުރައްވާފަ އެވެ.

އަދި ހަންނާން ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އަމާޒުކޮށް ޑޯޓުޑޯވެސް ހިންގާފަ އެވެ. އަދި ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށްޓަށް ވަޑައިގެން ޑޯޓުޑޯ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ހަރަކާތް ވެސް ވަރަށް ކާމިޔާބު ކަމަށް އެ ޕާޓީ އިން ބުންޏެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދާއިރާއަށް އެމްއެންޕީގެ އިތުރުން ޕީޕީއެމް އަދި އެމްޑީޕީއިން ވެސް ވާދަކުރެ އެވެ.