ގައުމީ ޔުނިވާސިޓީ

ނާސިން ސްކޫލްގެ ޑީންއަކަށް އާސިޔާ

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނާސިންގެ، ޑީން އަކަށް އާސިޔާ އިބްރާހިމް އައްޔަން ކޮށްފި އެވެ.

މިއީ އެ މަގާމަށް އާސިޔާ އައްޔަން ކުރި ދެވަނަ ފަހަރެވެ.

މިއަދު އެމްއެންޔޫގެ ނާސިން ސްކޫލްގެ ޑީން އައްޔަން ކުރަން ބޭއްވި ރަސްމިއްޔާތުގައި އާސިޔާއާއެކު އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.

އެ ރަސްމިއްޔާތުގައި އާސިޔާ ވިދާޅުވީ ފުރަތަމަ ދައުރުގައި ވެސް ނާސިން ސްކޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރަށް ވެސް ގިނަ ޕްލޭންތަކެއް ރާވާފައިވާ ކަމަށެވެ.

އާސިޔާ ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި 23 އަހަރު ވަންދެން މަސައްކަތް ކޮށްދެއްވާފަ އެވެ.