އުރީދޫ

އުރީދޫގެ އަހަރީ އާންމު ޖަލްސާ މިމަހު ބާއްވަނީ

Feb 1, 2022

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާޗް މަހު ބޭއްވުމަށް ނިންމައިިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށްވެސް އުރީދޫ އިން މައުލޫމާތު ދީފައިވެ އެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 20 ވަނަ ދުވަސް ނިމުމުގެ ކުރިން އުރީދޯ މޯލްޑިވްސްގެ ވެބްސައިޓުގައި އާންމުކުރަން ވަނީ ނިންމާފަ އެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާ އެކު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު އާންމުކުރާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.