އުރީދޫ

އަތޮޅު ދުވުމުގެ މިމަހުގެ އެއްވަނައަށް އިންސްޓަ360 ކެމެރާއެއް

އެޕްރީލް މަހު އަތޮޅު ދުވުން ކުޅެގެން ލީޑަބޯޑުގެ އެއްވަނައިގައި ހިމެނޭ މީހަކަށް ސީގިއަރގެ ފަރާތުން އިންސްޓަ360 ކެމެރާއެއް ހުށަހަޅައިފި އެވެ.

އުރީދޫ އަތޮޅު ދުވުމުގެ އެޕްރިލް މަހުގެ އެއްވަނައަށް ސީގިއަރ ގެ ފަރާތުން އިންސްޓަ360 ކެމެރާއެއް!

އުރީދޫ މޯލްޑިވްސް އިން ދިވެހި ޒުވާނުންތަކަކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އަތޮޅު ދުވުން" ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކޮށްފައިވާ ފުރަތަމަ އެންޑްލަސް ރަނަ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެންދާ ގޮތަށެވެ.

ގޭމްގެ އޭޕްރީލް އަޕްޑޭޓް މިހާރު އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް ލިބޭނެ އެވެ.

އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނަރަކީ ސީގިއަރ އެވެ. މިޕާޓްނަޝިޕުގެ ދަށުން އުރީދޫއާއި ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ މީހަކަށް އިންސްޓަ360 ކެމެރާއެއް ދޭނެ އެވެ. އޭޕްރީލް މަހު އަތޮޅު ދުވުމުން ފެނިގެންދާނީ ބ. އޭދަފުށްޓެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެ މަހު އެވެ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމަނާފައިވާނެ އެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބެ އެވެ.

މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޒުވާން ޓީމުންނެވެ.