އުރީދޫ

އުރީދޫ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ވަރަށް ހާއްސަ އޮފައެއް ކުރިއަށް ގެންދެ އެވެ.

އެއީ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ރެހެންދި ޓާފް، ހުޅުމާލޭގައި ބަހައްޓާފައި ހުންނަ އުރީދޫ ޓެންޓުން އުރީދޫގެ ސާވިސް އެއް ނަގައިގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެކެވެ.

މިގޮތުން ފުރަތަމަ ތިން ހަފްތާގެ ނަސީބުވެރިންނަށް މިހާރު ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަހްމަދު ސާއިން އިސްމާއިލް ޝިޔާމަށް ލިބުނީ 203 ލީޓަރުގެ ރެފްރިޖެރޭޓަރެކެވެ. ދެވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އައިމިނަތު ރަޝީދާއަށް އަވަނެއް ލިބުނުއިރު ތިންވަނަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނު އަބްދުﷲ ނާސިރަށް ސޯފާއެއް ލިބުނެވެ.

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވެ އެވެ. އަގުހުރި އެތައް އިނާމެއް ހިމެނިފައިވާއިރު މީގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، އަވަން ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ ގޯލްޑަން ފުޓްސަލް ޗެލެންޖު މިމަހު ނިމުމާ ހަމައަށެވެ. ރެހެންދި ޓާފްގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުގައި އުރީދޫ ޓީމުން ކަސްޓްމަރުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވަމުންވެސް ދެއެވެ.