އުރީދޫ

އަތޮޅު ދުވުމުގެ މިމަހުގެ އެއްވަނައަށް އުމްރާ ދަތުރެއް

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ އަތޮޅު ދުވުން މި މަހު ކުޅެގެން ލީޑަބޯޑުގެ އެއްވަނައިގައި ހިމެނޭ މީހަކަށް އުމްރާ ދަތުރެއް ލިބޭ ކަމަށް އިއުލާނުކޮށްފި އެވެ.

އަތޮޅު ދުވުން ގޭމަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނަ ގޭމެވެ.

އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިޝްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެންދާ ގޮތަށެވެ.

ގޭމްގެ މާޗް މަހުގެ އަޕްޑޭޓް މިރޭގެ 00:00 އިން ފެށިގެން ލިބޭނެ އެވެ. އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެ އެވެ.

އަތޮޅު ދުވުމުގެ މި މަހުގެ ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ.

މިޕާޓްނާޝިޕުގެ ދަށުން އުރީދޫއާއި ގުޅިގެން މިމަހުގެ ލީޑަބޯޑުގެ އެއްވަނައަށް ދާ މީހަކަށް އުމްރާ ދަތުރެއް (ދެ މީހަކަށް) ލިބިގެންދާނެ އެވެ. މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަ ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެ އެވެ.

މިގޭމުގައި 12 ލެވެލް ހިމެނޭއިރު ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމއެކަނި އެމަހަކު އެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމަނާފައިވެ އެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއަހަރުގެ ކަލަންޑަރު އަދި ގޭމް ތައްޔާރުކޮށްފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

އަތޮޅު ދުވުމުގައި މިމަހު ފެނިގެންދާނީ ނ. ލަންދޫ އެވެ. ލަންދޫ އަކީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދޭ އަދި ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށަކީވެސް ނ. ލަންދޫ އެވެ.