ހަބަރު

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަންއަކަށް އިބްރާހިމް ހުސައިން ޝިހާބު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ކަމުގެ މަގާމަށް ގ. އަނބުގޭ އިބްރާހީމް ހުސައިން ޝިހާބު އައްޔަންކުރައްވައިފި އެެވެ.

އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ކަމުގެ މަޤާމަށް، އިބްރާހިމް ހުސެއިން އައްޔަންކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް އުފެއްދެވުމާ ގުޅިގެންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިބްރާހިމް ހުސެއިން ޝިހާބު އެ މަގާމަށް އައްޔަންކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އިބްރާހީމް ހުސައިން ޝިހާބަކީ ކުރިން ޓީވީއެމްގެ އިތުރުން އުރީދޫ އާއި ރާއްޖެއިން ބޭރު ބައެއް މިޝަންތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިބްރާހިމް ހުސެއިން ޝިހާބަކީ ކުރިން ސްރިލަންކާއަށް ކަނޑައަޅުއްވަވާފައި ހުންނެވި ސަފީރު ހުސެއިން ޝިހާބުގެ ބޭފުޅެކެވެ.

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ މަގާމުގައި އިބްރާހިމް މުއާޒު އަލީ ވެސް ހުންނަވަ އެވެ.