ރަޝިއާގެ އާރުޓީ ނެޓްވޯކުން ޖަރުމަނުގައި، ޖަރުމަން ބަހުން ބްރޯޑްކާސްޓްކުރުން މަނާކޮށްފި އެވެ. ޖަރުމަނުގެ މީޑިއާ ރެގިއުލޭޓަރު ބުނި ގޮތުން އާރުޓީ ޗެނަލުން ޖަރުމަނުގައި ބްރޯޑްކާސްޓްކުރަނީ ގަވައިދާ ޚިލާފަށެވެ.
އާރުޓީ ޗެނަލުން ޖަރުމަނުގައި ޚަބަރު ފަތުރަނީ ސައްހަ ހުއްދައެއް އޮވެގެން ނޫން ކަމަށް ވެސް ރެގިއުލާޓަރު ބުންޏެވެ. އަދި ބުނީ ޖަރުމަނުގެ ގާނޫނާ ގަވައިދާ އެއްގޮތަށް ބްރޯޑްކާސްޓްކުރާ އެއްވެސް ޗެނަލެއް ބަންދު ނުކުރާނެ ކަމަށެވެ.
ޚަބަރުތައް ބުނާ ގޮތުން ޖަރުމަނުގައި އާރުޓީއަށް މަނާކުރީ ލައިވް ސެޓެލައިޓް ބްރޯޑްކާސްޓް އެވެ. ސެޓެލައިޓް މެދުވެރިކޮށް ޖަރުމަނަށް ޚަބަރުތައް އަމާޒުކުރުމުގައި އާރުޓީ ޗެނެލަށް މަނާވަނީ އިންޓަނެޓް މެދުވެރިކޮށް ޓީވީ އަދި މޮބައިލް ފަދަ އާލާތްތަކަށް ސްޓްރީމް ކުރުމެވެ.
ޖަރުމަނުން ބުނާ ގޮތުން ސައްހަ ލައިސަންސެއް ހޯދުމަށް ފަހު އާރުޓީ ޗެނަލަށް އެގައުމުގައި ހަރަކާތްތެރި ވެވިދާނެ އެވެ. އަދި ވިޔަފާއި އުސޫލުން ކޮންޓެންޓް ވިއްކުމަށް ވެސް ހުރަހެއް ނޯންނާނެ އެވެ.
އެހެން ނަމަވެސް އާރުޓީ މެނޭޖްމަންޓުން ބުނާ ގޮތުން ސާބިއާއާ އެކު އާރުޓީ ޗެނަލުން ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން ޖަރުމަނަށް ބްރޯޑްކާސްޓް ކުރުން އާރުޓީއަށް ހުއްދަވެ އެވެ. އަދި ޖަރުމަނުން ސާބިއާއަށް އެހުއްދަ ދީފައި އޮތް ކަމަށް ވެސް އާރުޓީ ބުނެ އެވެ.
ޖަރުމަނުން ރަޝިއާގެ ޓީވީ ޗެނަލެއް ބަންދުކުރިއިރު، ރަޝިއާ އާއި ޔުކްރޭން މައްސަލާގައި ޖަރުމަނުން ރަޝިއާ ކޮޅަށް ޖެހޭ ކަމަށް ބުނެ އެމެރިކާ އާއި ނޭޓޯ ވަނީ ފާޑުކިޔާފަ އެވެ. އަދި ރަޝިއާއަށް ޖަރުމަން ކަމޭ ހިތާ ކަމަށް ބުނެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.