މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ޕާޓީން ބުނީ މި އިންތިހާބު ގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް މެމްބަރުން ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށައެޅުމަށެވެ.
އެކަމަށް އެދޭ މެންބަރުން [email protected] އަށް ކުރިމަތި ލުމަށް އެދޭ ލިއުމާއެކު އައިޑީ ކާޑް ކޮޕީ އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
މި އިންތިހާބުގައި ވޯޓްލުން ކުރިއަށްދާނީ ފެބްރުއަރީ 18 ވާ ހުކުރު ދުވަހު ހަވީރު ތިނަކުން ހަޔަކަށް އެމްޑީޕީ އޮފީހުގެ ފުރަތަމަ ފަންގިފިލާގައެވެ.
ޕީޖީއަށް އިންތިހާބު ކުރާ މަގާމުތައް
- ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު
- ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު
- އަމީން އާއްމު
- އަމީން އާއްމުގެ ނާއިބު
- ޗީފް ވިޕް
- ވިޕުންގެ ގޮތުގައި ހަ މެންބަރުން