ރެޑްވޭވް

ރެޑްވޭވްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަނީ

Feb 13, 2022

ރާއްޖޭގެ އެންމެ ބޮޑު ސުޕަމާޓް ޗެއިން ކަމަށްވާ "ރެޑްވޭވް"ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައެއް އާންމުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

ރެޑްވޭވްގެ ޕްރޮމޯޝަނާ ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ބޮޑު "ސްކޭމް" އެއް ބަޔަކު އޮންލައިންކޮށް ކުރިއަށް ގެންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން މިއަދު އެދިފައިވެ އެވެ.

މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ އޮންލައިން މި ސްކޭމްގައި ރަހުމަތްތެރިންނަށް "ރެޑްވޭވްގެ ޕޯސްޓް" ޝެއާ ކުރުމުން އިނާމު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މިއީ އޮޅުވާލުމުގެ އަމަލެއް ކަމަށް ރެޑްވޭވް ކުންފުނިން ބުނެ އެވެ.

މިފަދަ ސްކޭމްއަކާ ގުޅިގެން ރެޑްވޭވް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ފައިސާގެ އިނާމު ލިބޭނެ ކަމަށް ބުނެ އޮންލައިން ޕްރޮމޯޝަންތަކެއް ހިންގަމުން ގެންދާ ކަމަށެވެ. އެފަދަ އެއްވެސް ޕްރޮމޯޝަނެއް އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށާއި އެގޮތަށް ޝެއާ ކުރަން ބުނާ ލިންކްތައް ޝެއާ ނުކުރުމަށްވެސް ރެޑްވޭވުން އެދިފައިވެ އެވެ.