ރެޑްވޭވް

ރެޑްވޭވްގެ ރޯދަ ސޭލްއަށް ބޮޑު ތަރުހީބެއް

Mar 18, 2023

މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ރެޑްވޭވްގެ ރޯދަ ސޭލްއަށް އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓް ވިޔަފާރި ހިންގަމުން އަންނަ ރެޑްވޭވުން 1444 ވަނަ އަހަރުގެ ރޯދަ ސޭލްއަށް ހާއްސަކޮށްގެން ރޯދަމަހަށް ބޭނުންވާނެ ކާބޯތަކެއްޗާއި ބަދިގެ ސާމާނާއި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނާއި އަންނައުނުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބެ އެވެ.

އެގޮތުން ބައެއް އައިޓަމްތަކުން 80 ޕަސަންޓާ ހަމައަށް އަގުތައް ވަނީ ހެޔޮކޮށްފަ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރެޑްވޭވްއިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި އެންމެ ހާއްސަކަމަކީ ނަގުދު ފައިސާއިން ބޮޑެތި އިނާމުތަކެއް ލިބުމެވެ. އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭއިރު ނަސީބުވެރި އިތުރު ފަސް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ އެވެ.

މީގެ އިތުރުންވެސް ރެޑްވޭވްއިން ވިއްކާ ބްރޭންޑްތަކުން ގުރުއަތުން ގޮވާލެވޭ ފަސް ފަރާތަކަށް އަގުހުރި އެތައް އިނާމުތަކެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ ބާޒާރުގައި އެންމެ ކޮލިޓީ ރަނގަޅު، އަގުހެޔޮ މުދާ ވިއްކާ ރެޑްވޭވްއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދާ މި ރޯދަ ސޭލަކީ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ސޭލެކެވެ.