ރެޑްވޭވް

ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާކެޓް ޗެއިން -- "ރެޑްވޭވް" އިން ކުރިއަށް ގެންދިޔަ "ރެޑްވޭވް ރޯދަސޭލް 2023" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

ރެޑްވޭވްގެ 15 ފިހާރައިގައި ޖެނުއަރީ 25 ވަނަ ދުވަހުން ހަ ރޯދައިގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ކަސްޓަމަރުންކުރި 500ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ވަނީ ދޫކޮށްފަ އެވެ.

ޕްރޮމޯޝަންގެ ލަކީޑްރޯ ކުރިއަށް ގެންގޮސްފައިވަނީ ރެޑްވޭވް މެގަމޯލްގަ އެވެ. ރެޑްވޭވްގެ ފޭސްބުކް ޕޭޖުން މި އީވެންޓު ވަނީ ވަގުތުން ދައްކާފަ އެވެ.

ފައިސާ އާއި އަގުހުރި އިނާމުތަކަކާއެކު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި އެއްވަނައަށް ހުށަހެޅިފައިވަނީ 100،000ރ. ފައިސާގެ އިނާމެކެވެ.

ރެޑްވޭވް މެގަމޯލްގައި ކުރިއަށް ގެންދިޔަ ލަކީޑްރޯގައި ރެޑްވޭވްގެ ބްރޭންޑްތަކުން ފަސް އިނާމު ހައްގުވާ ފަސް ނަސީބުވެރިން ވަނީ ހޮވާފަ އެވެ.

މީގެ އިތުރުން 10،000ރ. ފައިސާގެ އިނާމު ހައްގުވާ ފަސް ނަސީބުވެރިން ވަނީ ހޮވާފަ އެވެ.