އެޑްވަޓޯރިއަލް

ރެޑްވޭވްގައި ކަރަންޓު ބިލު ކުޑަކޮށްދޭ އުފެއްދުންތަކެއް!

ކަރަންޓު ބިލް ބޮޑުވުމަކީ އަބަދުގެ ޝަކުވާ އެކެވެ؛ އެކަމަކު ގިނަ ފަހަރު ބިލް ބޮޑުވަނީ ބޭނުން ކުރެވޭ ކަރަންޓު މަތިވީމަ އެވެ. ނޫނީ ގިނަ އިން ކަރަންޓު ބޭނުން ކުރާ އެއްޗިހި ޖައްސާތީ އެވެ. އެކަމަށް ހައްލު ގެނެސް ދެނީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ޗެއިން ކަމަށްވާ "ރެޑްވޭވް" އިންނެވެ. ރާއްޖޭގެ ގެތަކުގެ ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ މައްސަލަ ތަކަށް ރެޑްވޭވްގައި ވިއްކާ ޕްރޮޑަކްޓް ތަކުން ހައްލު ލިބިގެންދެ އެވެ.

ރާއްޖޭގެ ގެތަކުގެ ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ އެއްކަމަކީ ގޭގައި ބޭނުން ކުރާ އޭސީ އާއި ރެފްރިޖެރޭޓަރު އަދި ދޮންނަ މެޝިނެވެ. ނޭނގުނު ނަމަވެސް ހަގީގަތަކީ އެއީ އެވެ.

ރެޑްވޭވުން ވިއްކާ "ހައިސެންސް" އަދި "ޝާޕް" ބްރޭންޑުގެ އޭސީ ޝާޕް ރެފްރިޖެރޭޓަރު އަދި ޝާޕް ފްރަންޓްލޯޑް ދޮންނަ މެޝިނުގައި ބޭނުން ކޮށްފައިވާ އިންވާޓާ ޓެކްނޮލޮޖީން ކަރަންޓު ހަރަދު ކުޑަކޮށްދޭ ދެ އެވެ. އެ ތަކެތި ބޭނުން ކުރާނަމަ ކަރަންޓު ބިލު ވެސް 30 ޕަސެންޓާއި 70 ޕަސެންޓަށް ކުޑަ ވެގެން ދާނެ އެވެ. މިއީ ހޯދެން އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ.

އިންވާޓާ ޓެކްނޮލޮޖީއަކީ ރެފްރިޖެރޭޓަރު އަދި އެއާ ކޮންޑިޝަން ފަދަ ތަކެތީގައި ޑައިރެކްޓް ކަރަންޓް (ޑީސީ) އޮލްޓަނޭޓިން ކަރަންޓް (އޭސީ) އަށް ބަދަލުކޮށްލައިދޭ ނިޒާމެކެވެ.

އެ ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓު ހަރަދު ވަރަށް ބޮޑަށް ކުޑަވެ އެވެ. ރެޑްވޭވް އިން ވިއްކާ އިންވާޓާގެ ތަފާތަކީ ޖަޕާންގެ ޓެކްނޮލޮޖީން އެ އިންވާޓާ ފައްކާ ކޮށްފައި ވުމެވެ. މިކއީ ޖަޕަނީސް ޕްރޮޑަކްޓުތަކަށް ލިބޭ ޔަގީން ކަމެވެ.

ކަރަންޓު ހަރަދު ބޮޑުވާނަމަ ރެޑްވޭވްގެ އޭސީ ރެފްރިޖިރޭޓަރު އަދި ދޮންނަ މެޝިން ބޭނުން ކުރަން ފެށުން މުހިންމެވެ. އެ ތަކެތި މި ވަގުތު ރެޑް ވޭވުން ވިއްކަމުން ދަނީ ވެސް ހާއްސަ އަގުތަކެއްގަ އެވެ. އަދި ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މިހާރު ވަނީ ސޭލެއް ވެސް އަޅުވާފަ އެވެ.

ރެޑްވޭވުން ދަނީ މި ތަކެތި ހޯލް ސޭލްކޮށް ވެސް ވަރަށް ހާއްސަ އަގު ތަކެއްގައި ވިއްކަމުންނެވެ.