ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ޅ އަތޮޅުގެ ހަ ރަަށަކަށް

ރައީސް ސޯލިހް ރަސްމިއްޔާތަކަށް ވަޑައިގެން ކާރުކޮޅުން ފައިބައިވަޑައިގަންނަވާއިރު ހަށިފާރަވެރިން އެމަނިކުފާނުގެ ވަށައިގެން ސެކިއުރިޓީ ބަލަހައްޓަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޅ އަތޮޅުގެ ބައެއް ރަށްތަކަަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ މި ފެބުރުވަރީ މަހުގެ 18 އިން 20 އަށް ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މަޑިވަރާއި ހިންނަވަރާއި ފެލިވަރުގެ އިތުރުން ނައިފަރާއި އޮޅުވެލިފުށި އަދި ކުރެންދޫ އަށެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގެ ބޭނުންތަކެއް ސަަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ. ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު މި ފަހުން ރައީސް ގެންދަވަނީ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް އިތުރު ކުރައްވަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910