ވ. ތިނަދޫގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ދެންމެ ބުނީ ތިނަދޫގައި ދެ މީހެއްގެ މެދު ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައެޅީ އިއްޔެ އެވެ.
މާރާމާރީގެ ތަފްސީލެއް ނުދީ ފުލުހުން ބުނީ އެކަން ބަލަމުންދާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާރާމާރީ ހިނގާފައިވަނީ އެ ރަށު ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސްއާ ދެމެދު އެވެ. ކައުންސިލްގެ ނާއިބު ރައީސަށް ހަމަލާދީ މާރާމާރީ ހިންގީ ކައުންސިލްގެ ރައީސް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ކޮމެންޓެއް ލިބިފައެއް ނުވެއެވެ.