މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ފްރީކުއެންސީ އަހަރީ ފީ ނުދައްކާ ދެ ބްރޯޑްކާސްޓަރަކަށް ފީ ދައްކަން އަންގައިފި

ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ފްރީކުއެންސީއަށް މިހާތަނަށް ނުދައްކާ ހުރި އަހަރީ ފީ އާއި ޖޫރިމަނާ ދެއްކުމަށް، ކޮމިޝަނުން ވަކި ވަކިން ފޮނުވި ދެ ސިޓީގައި މިއަދު އަންގާފައިވަނީ އެޓޯލް ވޭވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެޓޯލް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަށެވެ.

މި ދެ ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، އެންމެހާ ފީއާއި ޖޫރިމަނާއަށްވާ ފައިސާ އަންނަ އަހަރުގެ މާޗް މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ކޮމިޝަނަށް ދެއްކުމަށެވެ.

އެ ތާރީހުގެ ނިޔަލަށް ފައިސާ ދައްކައި ހަލާސް ނުކޮށްފިނަމަ، އެ ފަރާތްތަކަށް ދޫކޮށްފައިވާ ފްރީކުއެންސީ ބާތިލްކުރުމުގެ ކަންކަން ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދާނޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ދެ ބްރޯޑްކާސްޓަރަށް އަންގާފައެވެ.