ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 80 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި ދޮށީ އުމުރުގެ މީހަކު އެ ބަލީގައި މަރުވެއްޖެ އެވެ.

ކޮވިޑްގެ ކަންކަން މެނޭޖްކުރުމުގެ މެންޑޭޓް އޮތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ރޭ މަރުވެފައިވަނީ އުމުރުން 80 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ފިރިހެނެކެވެ.

އޭނާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލެ މެޑިކަލް ފެސިލިޓީގަިއ ފަރުވާ ދެމުން ދަނިކޮށެވެ.

މިއީ ރާއްޖޭގެ 292 ވަނަ ކޮވިޑް މަރެވެ. ކޮވިޑް ބަލީގައި މިދިޔަ ދެ މަހެއްހާ ދުވަހަކީ ހާލަތު ވަރަށް ގޯސް ދުވަސްތަކެކެވެ. ބަލީގައި ގިނަ ބަޔަކު މަރުވިއިރު ރެކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވިއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،035 މީހުންނެވެ. މިހާތަނަށް 149،734 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 24 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.