ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ އަޕްޑޭޓެއް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދެއްވައިފި އެވެ.
ގދ. ތިނަދޫގައި އަޅަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވާތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ނަސީމް މިއަދު ވަނީ މަޖިލީހަށް ހާޒިރު ކޮށްފަ އެވެ.
ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން އެހެން ރަށްތަކުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކާ ގުޅޭ ގޮތުންވެސް މެމްބަރުންގެ ސުވާލުތައް ނަސީމްއަށް މިއަދު އަމާޒުވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވައި ނަސީމް ވަނީ އަޅަން ނިންމާފައިވާ ހުރިހާ ހޮސްޕިޓަލްތަކެއްގެ އަޕްޑޭޓް ދެއްވައިފަ އެވެ. މީގެ ތެރޭގައި 30 އަދި 50 އެނދުގެ ހޮސްޕިޓަލްތަކާއި ޓާޝިއަރީ ހޮސްޕިޓަލްތައް ހިމެނެ އެވެ.
ހޮސްޕިޓަލްތަކުގެ އަޕްޑޭޓް
- ހދ. ހަނިމާދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ނ. މިލަންދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ނ. ވެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- އދ. މާމިނގިލީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ކ. ތުލުސްދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ވ. ފެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ތ. ވިލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- އއ. ރަސްދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މާޗު މަހު ޓެންޑާ ކުރެވޭނެ)
- ޏ. ފުވައްމުލަކުގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް (މިއަހަރު ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ގދ. ތިނަދޫގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގެ ފަހު ބައިގައި ޓެންޑާ ކުރެވޭނެ)
- ކުޅުދުއްފުށި ސިޓީގައި އަޅާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގެ ފަހު ބައިގައި ޓެންޑާ ކުރެވޭނެ)
- ނ. ކެނދިކޮޅުދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (ޓެންޑާ ކުރެވިފައި)
- ހދ. އިހަނވްދޫ އަޅާ 30 އެނދުގެ ހޮސްޕިޓަލް (ޓެންޑާ ކުރެވިފައި)
- ޅ. ހިންނަވަރުގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (ޓެންޑާ ކުރެވިފައި)
- ނ. މަނަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް (މިއަހަރު ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ރ. އަލިފުށީގައި އަޅާ 30 އެނދުގެ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ދ. ކުޑަހުވަދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ހއ. ދިއްދޫގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ގއ. ވިލިނގިލީގައި އަޅާ 50 އެނދުގެ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި ޓެންޑާ ކުރެވޭނެ)
- ލ. ގަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް (މިއަހަރުގެ ތިންވަނަ ކުއާޓާގައި އިއުލާން ކުރާނެ)
- ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި އިއުލާން ކުރާނެ)
- ރ. މީދޫގައި އަޅާ ހޮސްޕިޓަލް (މިއަހަރުގެ ދެވަނަ ކުއާޓާގައި ކުރިއަށް ގެންދާނެ)