ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ބާރުތައް ނައިބު ރައީސްއާ ހަވާލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ނާއިބް ރައީސް ފައިސަލް ނަސީމް: ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލު ކުރައްވަން ވަނީ ނިންމަވާފައި އަވަސް ފޮޓޯ
33.3%
33.3%
33.3%

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިވަގުތު ހުންނެވީ ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް ސިންގަޕޫރުގައެވެ. ރައީސް ސޯލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މާދަމާ ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުޔމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިއްސާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސްގެ ޓްވީޓްގައި ސާޖަރީއަށް ފަހު އަވަސް ފުރުސަތެއްގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން އެނބުރި ވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް އަވަހަށް މަަސައްކަތަށް އެނބުރި އަންނާނަން، އިންޝާﷲ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އެނބުރި ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރީން ރައީސް ވަނީ ތައިރޮއިޑް ބައްޔައް ފަރުވާކުރައްވާކަން ހާމަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އެމަނިކުފާނުގެ ނާއިބާ ހަވާލުކުރައްވަން ނިންމަވާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ނާއިބު ރައީސްގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ބަދަލުވާ ފުރަތަމަ ފަހަރެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910