ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިއީ ރައީސްގެ އަމިއްލަ ދަތުރުފުޅަކަށް ރައީސް އޮފީހުން މިދަތުރުފުޅާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އަމިއްލަ ދަތުުރުފުޅުތަކުގައި ސިންގަޕޫރަށް ދޭތެރެއަކުން ވަޑައިގަންނަވަ އެވެ.