ހަބަރު

ރައީސްގެ އިތުބާރަށް ޝުކުރިއްޔާ: ތަސްމީން

ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ތަސްމީން ހަމަޖެއްސެވުން --
0%
0%
0%

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހަމަޖެއްސެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ މަގާމަށް އަައްޔަން ކުރެއްވި ހ. ރުވާމާގެ، އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ތަސްމީން މިހެން ވިދާޅުވީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް ކުރެއްވި އިތުބާރާއި ޔަގީން ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާފައިވެއެވެ. އަދި ވިދާޅުވީ ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހަމަޖެއްސެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް އަދި ފަހުރެއް ކަމަށެވެެ.

ތަސްމީން އަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މީގެ ކުރިން ފުރުއްވާފައިވާ މުހިއްމު ބައެއް މަގާމްތަކުގެ ތެރޭގައި، މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ މަގާމާއި މިނިސްޓަރު އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހިމެނެއެވެ.

ރާއްޖޭގައި ދެވަނައަށް އުފެދުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަންވެސް ވަރަށް ދިގު މުއްދަތަކަށް ކުރެއްވިއެވެ. 2008 ވަނަ އަހަރު ރައީސް މައުމޫންގެ ރަނިންމޭޓަކީވެސް އެމަނިކުފާނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910