ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 79 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު މީހަކު މަރުވެއްޖެ އެވެ.

މިއަދު 3:22 ގައި މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ. މިއީ ރާއްޖޭގެ 295 ވަނަ ކޮވިޑް މަރެވެ.

މި ބަލީގައި މިއަހަރުވެސް ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

އަދި މިދިޔަ ދޮޅު މަހެއްހާ ދުވަހު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރެއްގައެވެ. ނަމަވެސް މި ފަހުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަނީ ދަށްވަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް މަދެވެ.