އިމްތިޔާޒު ފަހުމީ

ކެމްޕެއިނަށް އިންތި އައްޑޫއަށް ވަޑައިގެންފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިނަށް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ. އެމްޑީޕީގެ ތާއީދު ބޮޑު އައްޑޫއަށް އިންތިގެ ކެމްޕެއިން ޓީމުން ދިއުމުން ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ގިނަ އަދަދެއްގެ އާންމުން ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިންތި އާއި އޭނާގެ ޓީމަށް މަރުހަބާ ކިޔާފައެވެ.

މި ދަތުރުގައި އިންތިއާއެކު މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްްމަދު ވަހީދު އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހުމަދު ހަސަން ބައިވެރިވެވަޑައިގަންނަވައެވެ.

އަދި އެމްޑީޕީގެ ކުރީގެ ޗެެއާޕާސަން ހަސަން ލަތީފް އާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވެސް ބައިވެރިވެވަޑަައިގަންނަވައެވެ.

އިންތިގެ ކެމްޕެއިން ޓީމުން ބުނީ އައްޑޫސިޓީގެ ހިތަދޫގެ ތިން ދާއިރާ އާއި މަރަދޫ އާއި މަރަދޫފޭދޫ އާއި ފޭދޫ އާއި ހުޅުދޫ އަދި މީދޫއަށް ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ ވަޑައިގެން އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

މި ދަތުރުގެ ފޯކަސް އަކަށް ވާނީ ވެސް ދޮރުން ދޮރަށް ހިނގުމާއި ވީހާވެސް ގިނަ އާންމު މެންބަރުންނަކާއި ސީދާ ބައްދަލުކުރުން ކަމަށެވެ.

އައްޑޫސިޓީގެ ކޮންމެ ދާއިރާއެއްގެ ކެންޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތްވެސް މި ދަތުރުގެ ތެރެއިން ހިންގާނެ

 ކަމަށް ވަނީ ބުނެފައެވެ.