ދިރާގު

"އެނގޭތަ" އެޕް ލޯންޗް ކުރާ ހަފްލާގެ ޓެލެކޮމްޕާޓްނަރު ކަމަށް ދިރާގު

ހެލްތް ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ "އެނގޭތަ" އެޕް ލޯންޗު ކުރާ ހަފްލާގެ ޓެލެކޮމްޕާޓްނަރަކަށް، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައިފި އެވެ.

ބައިނަލް އަގުއާމީ އެއިޑްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންނަށް ހާއްސަކޮށް ނެރޭ މި އެޕްއަކީ އެޗްއައިވީގެ މައުލޫމާތާއި އަދި އެ ޖެހުމަށް ހުރި ރިސްކުތައް ދައްކުވާ ދިނުމުގެ އިތުރުން ޖިންސީ ގުޅުމުގެ ސަބަބުން އަރާ އެހެނިހެން ބަލިތަކާބެހޭ މައުލޫމާތު ލިބޭ އެޕެކެވެ. މިއެޕަކީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ބޭނުންކުރެވޭ ކަހަލަ ފޯރމެޓަކަށް ގެނެސްދިނުމަށް ތައްޔާރު ކުރެވެވިފައިވާ އެޕެކެވެ

އެގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ މި މިއެޕް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތު ޓެލެކޮމް ޕާޓްނާއަކަން ދިރާގަށް ލިބިފައިވާއިރު އެ ހަފްލާއަށް ހާޒިރުވާ ހުރިހާ ފަރާތްތަކަށް މުޅިން ހިލޭ 'އެންގޭތަ' އެޕްލިކޭޝަން ޑައުންލޯޑުކޮށް، ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އަދި މީގެ އިތުރުން ވެސް މިފަދަ މުހިއްމު އިޖުތިމާއީ ހަރަކާތްތަކަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިރާގުން ދޭނެ ކަމަށެވެ.

އެޗްޕީއޭ އިން މިއެޕް ލޯންޗު ކުރުމުގެ ހަފްލާ އޮންނާނީ މާދަމާ ރޭ ނެޝަނަލް އާޓް ގެލަރީގައެވެ. އަދި ދިރާގުގެ އިތުރުން މިއެޕް ލޯންޗް ކުރުމާއި، ޕްރޮމޯޓް ކުރުމުގައި ޑަބްލިއު.އެޗްއޯ އާއި، މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި ދަ ޔޫތު މޫވްމަންޓާއި ވައިބް އިން ބައިވެރިވެ އެވެ.