ވިޔަފާރި

ޝަބްލޫޝް: މި ޕިއްޒާ ހަމަ ތަފާތު

Mar 8, 2022

ރައްޓެއްސަކު ދިން ދައުވަތަކަށް ރަހުމަތްތެރިން ތަކަކާއެކު ހަވީރު ސަޔަކަށް ގެއަކަށް ދިޔައީމެ އެވެ. މިގެއަށް ވަދެ ސައި މޭޒު ކައިރީ ހުއްޓިލުމާއެކު ފުރަތަމަ ވެސް އަޅައިގަތީ ސުފުރާ މަތީ އަތުރާފައި ހުރި ޕިއްޒާ ފޮތިތަކެއްގަ އެވެ. މި މޭޒުމަތީގައި އެ ހުރީ "ޝަބްލޫޝް ޕެރިޕެރި ޗިކަން" ޕިއްޒާ އެވެ. ބޭރު މަގު- ރިންގް ރޯޑު- މައިޒާން އިލެކްޓްރޯނިކްސްއާ އިން ވެގެން މިހާރުގެ އަރަބިއްޔާ ސްކޫލް ކުރިމައްޗަށްވާ ގޮތަށް ހުންނަ ޝަބްލޫސް ގައި ތައްޔާރު ކުރާ މި ޕިއްޒާއަކީ މުޅިން ތަފާތު އެއްޗެކެވެ. އެއްކަމަކީ މި ޕިއްޒާ ބަލާލަން ވެސް ތަފާތުމެވެ.

ޝަބްލޫޝް އަށް ގޮސް މި ޕިއްޒާއެއް ނެގުން ޒުވާނުންގެ މެދުގައި މަގުބޫލު ވަނީ މިހެންވެ އެވެ. މި ގާނިޝް ކޮށްލުން ރީތިވުމުގެ ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ވައްޓާލަން ވެސް ހިތްގައިމު އެއްޗަކަށްވުމެވެ. އަނެއް ސަބަބަކީ މީގެ "ރެސިޕީގެ ސީކްރެޓް" އެވެ. މިއީ ޕެރީޕެރީ ޗިކަން ޕިއްޒާ އެކެވެ. މި ޕިއްޒާ ޒުވާނުންގެ މެދުގައި ޓްރެންޑަށް ވަމުންދަނީ އެހެންވެ އެވެ.

"މި ވަރުގެ މީރު ޕިއްޒާ އެއް އަހަރެން ދުހަކު ވެސް ނުކަން،" މި ގޭގައި ހުރި އެއް ރަހުމަތްތެރިޔާ ބުންޏެވެ.

"އަހަރެންގެ ކުދިން މޮޔަވާނެ އެޔަށް ، އަޙްމަދު ގެޔައް އަންނަމުން ގިނަ ދުވަސްދުވަހު ގަނެގެން އަންނާނީ " އޭނާގެ ވާހަކަ ނުނިމެނީސް ޖެހިގެން ހުރި ރަހުމަތްތެރިޔާ ބުންޏެވެ.

އަސްލު ވެސް މީރެވެ. ހަމަ ޕިއްޒާއެއް އަވަނުން ފިހެފަ ފޮއްޓަކަށްލަނީ އެއް ނޫނެވެ. ޝަބްލޫޝް ޕެރިޕެރި ސޯސް އިން ގާނިޝް ކޮއްލުމުން އަނގައިން ކުޅުދިޔާވާވަރުގެ މީރު ކުޅި ރަހައެއްލަ އެވެ. އެހެންވެ މި ޕިއްޒާގެ ރަހަ ވެސް މާބޮޑު ތަނުން ތަފާތުވެފަ މީރެވެ. ކްރަސްޓް- އަނގަޔަށް މީރު މުރަނަ ޕިއްޒާއެއްގެ ގޮތުގައި ގެއާ ހަމަ އަށް ގެންގޮސް ދިނުމަކީ މި ޕިއްޒާގެ ހާއްސަ އެއް ސިފަ އެވެ.

ފުރަތަމަ ފަހަރައް ރާއްޖޭގައި ޓީން އޭޖް ކުދިންނަށް ހާއްސަ "ޝަބްލޫޝް ޓީން މެނޫ " އިން ތަފާތު ގިނަވައްތަރުގެ ހޮޓްޑޯގް އާއި ކޮރެޔަން ޗިކަން ވިންގްސް އާއި ޓެންޑާ ޗިކަން ސްޓްރިޕްސް އަދި ޝަބްލޫސް ގްރިލް އެންޑް ފްރައި މިނި ކޮމްބޯ ފަދަ މީރު ގިނަ ބާވަތްތައްވެ ސް ލިބެން ހުރެ އެވެ. ސަތޭކަ ރުފިޔާ އިން މަތީ ކޮންމެ އޯޑަރެއް ވެސް 7997020 އިން އޯޑަރު ދިނުމުން ގެއަށް ގެންގޮސްދޭނެ އެވެ. އަދި އަވަސް ފުޑް އެޕުން ވެސް އޯޑަރު ކޮއްލެވޭނެ އެވެ.