ރައްޔިތުންގެ މަޖިލިސް

ދެ ސަފީރަކު ބަދަލުކުރަން މަޖިލީހުން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދެ ސަފީރަކު ބަދަލުކުރަން މަޖިލީހުން ރުހުން ދިން -- ފޮޓޯ: މަޖިލިސް
0%
0%
0%

ދެ ގައުމަކަށް މިހާރު ކަނޑައަޅުއްވާފައި ތިއްބެވި ދެ ސަފީރުން އެހެން ދެ ގައުމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖެއިން މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ޖަޕާނުގެ ސަފީރު ކަމަށް އަދި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގު ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުކަމަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ސަފީރުކަމަށް އައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ރުހުން ދޭން ފާސްކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

އަބްދުއް ރައްޒާގު މަގާމަށް އައްޔަނުކުރަން 57 މެމްބަރުން އަދި ސޯބިރު އައްޔަނުކުރަން 58 މެމްބަރުން ވޯޓު ދެއްވި އެވެ. ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައެއް ނުވެ އެވެ.

ދެ ސަފީރުން އެހެން ގައުމުތަކަށް ބަދަލުކުރާ ސަބަބެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910