މޯލްޑިވްސް ޕޮލިސް ސާވިސް

ޖިންސީ ގޯނާ ކުރި ޑްރައިވަރު ބަންދަށް ތިން ދުވަސް

އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ޓެކްސީ ޑްރައިވަރުގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މާލެއިން ޓެކްސީ އަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނެއްގެ ނުރުހުމުގައި ހުޅުމާލެ ފޭސް 2 އަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ރޭ 12:50 ގައި ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އަދި އެ މީހާގެ ބަންދަށް މުއްދަތު ހޯދުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ޓެކްސީ ތަކަށް އަރާ އަންހެނުންނަށް ޖިންސީ ގޯނާ އަދި ފުރައްސާރަ ކުރާ މަސައްލަތައް މަދު މަދުން ނަމަވެސް ފެންމަތިވެ އެވެ.