ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގައި ފެމިލީ ރޫމެއް އިފްތިތާހުކޮށްފި

Mar 8, 2022

ފޮރިން މިނިސްޓްރީގައި "ފެމިލީ ރޫމް" އެއް ގާއިމްކޮށް އެތަން މިއަދު ހުޅުވައިފި އެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ފެމިލީ ރޫމް" ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

މިތަން ހުޅުވައިދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ މިނިސްޓްރީގައި ފެމިލީ ރޫމެއް ގާއިމުކުރުމަށް އެމަނިކުފާނު ނިންމެވީ މިނިސްޓްރީގެ މުވައްޒަފުން އެކަމަށް އެދުމުން ކަމަށެވެ.

މުވައްޒަފުން މަސައްކަތުގައި ގިނަ ވަގުތުތަކެއް ހޭދަކުރާއިރު، ކުދިންނަށް ވަގުތު ދިނުމުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ދިމާވާ އުނދަގޫތައް ފެމިލީ ރޫމްގެ ސަބަބުން ވީހާވެސް ކުޑަކުރެވި، ކުދިންނަށް އިތުރު ވަގުތު ދިނުމަށް ފަސޭހަ ވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީގައި ރަސްމީ ގަޑީގެ އިތުރުން މަސައްކަތްކުރަން ޖެހޭ އެހެން ވަގުތުތަކުގައި މުވައްޒަފުންނަށް އެ މީހުންގެ ކުދިން ގޮވައިގެން އައިސް މަސައްކަތްކުރަން، ފެމިލީ ރޫމްގެ ސަބަބުން އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓްރީގެ މުވައްޒަފުން ވެސް ބުނެފައިވެ އެވެ.