ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކްރިކީލަ މަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަލާދީފައިވާ ކަަމަށެވެ. އެ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ ހަތެއް ޖެހިއިރު އެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އަދި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ބިދޭސީ މީހާއަށް ހަމަލާދިނީ ކާކު ކަމެއް އަދި އެ ހާދިސާ ހިނގީ ކޮން ސަބަބާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.