އެމެރިކާގައި ތެލާއި ގޭހުގެ އަގު އުފުލިފައި ވަނިކޮށް ރަޝިއާއާ ދެކޮޅަށް ބައިޑަން އެޅުއްވި ހަރުކަށި ވިޔަވަޅުތަކުގެ ސަބަބުން ހަކަތައިގެ އަގު އިންތިހާއަށް އުފުލި ތެލާއި ގޭހުން ވައްކަން ކުރުން އޮބިނޯންނަ ވަރު ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
އާންމު ރައްޔިތުން ސަމާލުވުމަށް އެދި އަމަން ބަލަހައްޓާ ފުލުހުން ވަނީ މުޅި އެމެރިކާއަށް ބަޔާނެއް ނެރެފަ އެވެ.
ފުލުހުންގެ އެދުމަކީ އާންމުން ސަމާލުވެ އުޅުމެވެ. ގޭސް ޕަންޕުތައް ދޮށުގައި ވަގުން އިތުދުވަމުން ދާތީ އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފާނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
ފުލުހުން ބުނި ގޮތުން ވަގުން ފުއްކައްޓާއި ބުރުމާ ފަދަ އާލާތްތައް ބޭނުންކޮށްގެން ޓޭންކްތައް ތޮރުފައި ގޭހާއި ތެޔޮ ވަގަށް ނެގުމުގައި ރޭދުވާ ތަފާތެއް ނެތް ކަމަށެވެ.
ފުލުހުން ބުނީ އުޅަދުފަހަރަށް ވަގުން ދޭ ގެއްލުން ކުޑަކުރެވެން އޮތް ގޮތަކީ އަލިގަދަ ޕާކިން ޒޯންތަކުގައި އުޅަދު ބޭއްވުން ކަމަށާއި އިމާރާތެއް ތެރޭގައި ބޭއްވި ނަމަވެސް އެތަން ރަނގަޅަށް އަލިކޮށްފައި ބޭއްވުން ކަމަށެވެ.
އާންމު ވެހިކަލްތަކުން ވަގުން ވައްކަންކުރަނީ ތެޔޮ ޓޭންކްގެ މަތިގަނޑު ހަލާކުކޮށްގެން ކަމަށާއި މަތިގަނޑުގައި ބޭރުން އަޅުވާ ތަޅެއް ބޭނުންކުރުން ވަގުތީ ހައްލަކަށް ވާނެ ކަމަށެވެ.
އާންމު ޕާކިން ޒޯނެއްގައި ރޭގަނޑު ކާރު ބާއްވާ ނަމަ ނުވަތަ ދިގު މުއްތަކަށް ބާއްވާ ނަމަ ދެވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރި ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެގޮތަށް ބާއްވާ ނަމަ އެންމެ ބުއްދިވެރި ގޮތަކީ ތެޔޮ ތޭންކްގެ މަތިގަނޑު އާންމު މަގަށްވާ ގޮތަށް -- މަގުތަކުން ހިނގާ މީހުންނަށް ފެންނަ ގޮތަށް އުޅަނދު ޕާކްކުރުން ކަމަށެވެ.
ވަގުންގެ ކިބައިން ސަލާމަތް ވުމަށް ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަމަށް ފުލުހުން ބުނީ ވަތްގަނޑުގައި ފައިސާ ނުބެހެއްޓުމެވެ.
ވަގުންގެ އަލަމުތައް ހުންނަ ގޮތުން ސޭޓަށް ބިރުދައްކައިގެން އަތުލާ ފައިސާއިން ގޭސް ގަންނަން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުން ބުނީ ކޭޝް ކާޑް ބޭނުންކުރުމާއި ތެލާއި ގޭސް ގަތުމަށް އެޕޮއިންޓްމަންޓް ހަދައި ކުރިއާލައި ފައިސާ ދެއްކުމަކީ ވެސް އެދެވޭ ކަމެއް ކަމަށެވެ.