ޓޫރިޒަމް

އުތުރުގެ ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާގައި ފޯރަމެއް ބާއްވަނީ

Mar 13, 2022
ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން އައި ކުރޫޒުލައިނެއް. އުތުރުގެ ޓޫރިޒަމް ތަރައްގީކުރުމަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށްޓަކައި އިންވެސްޓަރުން ހޯދުމަށް އިންޑިއާގައި ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރެއްވުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީޑީސީގެ އިތުރުން އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ ފޯރަމް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.

އިންޑިއާގެ ވިޔަފާރީގެ މައި ރަށުގެ ގޮތުގައި ބަލައި މުމްބާއީގައި ކުރިއަށްދާ މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއި އިންޑިއާގެ ކުންފުނިތައް ބައިވެރިވާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފޯރަމްގައި ބައެއް އެއާލައިންތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވަތީ ދަތުރުފަތުރު ފަސޭހަ ވާނެ ގޮތްތައް ބަލައި ރާއްޖެއަށް އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ފަށާފައިވާއިރު އިންޑިއާ އާއި ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ އުތުރުގެ އެންމެ ބޮޑު އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ރާއްޖެ އަށް ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު އިންޑިއާ އަކީ މިހާރު އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345