ޓޫރިޒަމް

ރާއްޖެއަށް ޓޫރިޒަމްގެ އާ ޕްރޮޑަކްޓެއް ތައާރަފު ކުރަން މަޝްވަރާކޮށްފި

މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ އޮފިޝަލަކު ޔޫޕީއައިލިމިޓެޑް ކުންފުންނީގެ ބޭފުޅުންނާއެކު -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
33.3%
33.3%
33.3%

ދަނޑުވެރިކަމުގެ ދާއިރާގައި އިންޑިއާގައި މަޝްހޫރު ކުންފުންޏަކުން ރާއްޖެއަށް އާ ބާވަތެއްގެ ޓޫރިޒަމެއް ތައާރަފު ކުރަން މަޝްވަރާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޔޫޕީއައި ލިމިޓެޑް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖާވިދް ޝެރޯފްއާއެކު ޓޫރިޒަމްގެ "އާ ޕްރޮޑަކްޓެއް" ތައާރަފު ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ މަޝްވަރާތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގަތީ ޓޫރިޒަމް މިނިސްޓްރިގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސޫޒަނެވެ.

އިންޑިއާގެ ޔޫޕީއެލް ކުންފުންޏަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުންޏަކީ ދަނޑުވެރިކަމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތަފާތު އުފެއްދުންތައް އުފައްދާ ކުންފުންޏެކެވެ.

ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނި ތަކުން ދުނިޔޭގެ ބައެއް ގައުމުތަކުގައި "އެގްރި ޓޫރިޒަމް" ނުވަތަ "އެގްރޯ ޓޫރިޒަމް" ވިޔަފާރި ކުރެ އެވެ. މި ބާވަތުގެ ޓޫރިޒަމް ޕްރޮޕަޓީ ތަކަށް އާއްމުކޮށް ޒިޔާރަތް ކުރަނީ ތިމާވެއްޓަށް ލޯބި ކުރާ މީހުންނެވެ.

ސަރުކާރުން ދަނީ އާ ރިސޯޓުތަކެއް މާކެޓަށް ނެރެން ތައްޔާރު ވަމުންނެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޑައިވަސިފައި ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. .

ރާއްޖޭގައި މިހާރު ހުރީ ދާދި އެއް ގޮތް ޓޫރިޒަމް ޕްރޮޑަކްޓްތަކެކެވެ. ރާއްޖޭގައި 140 އަށް ވުރެ ގިނަ ރިސޯޓު ހިންގަމުންދެ އެވެ.

ގްލޯބަލް އެގްރި ޓޫރިޒަމް މާކެޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގައި މި ބާވަތުގެ ޓޫރިޒަމްގެ ކުރިއެރުން އުޅެނީ 18 ޕަސެންޓް ކުރީގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނެތީމޭ

ތިޔާއީ ރަށެެއް ދަމައިގަންނަން ވެގެން އެމްޑީޕީގެ ބޮޑެއް އަޑީގައި އޮވެގެން އަނބުރާ ގޭސް ގަނޑު ގަނޑޭ މަމެން ބުނަން ނެތީމޭ...

ނޯޑައުޓް

ޖިހާދު މި ފޮޓޯގަ ހުންނެވި ސަބަބު ހާމަކޮށްލެއްވިނަމަ ..

ނޯޑައުޓް2

މަވެސް ތިކަން ނޭނގިގެން ވަރަށްް އާޓިކަލް ހާވާޅައިފިން. އެއްގޮތަކަށް ވެސް ނޭނގުނު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345