މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ރޭގަނޑު 11 ޖަހަދަން ފިހާރަތައް ހުޅުވަން ނިންމައިފި

Dec 24, 2015
1

މިރެއިން ފެށިގެން ރޭގަނޑު 11:00 އާ ހަމަޔަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ. މިނިސްޓްރީ އިން ބުނީ މި ދުވަސްވަރަކީ ގިނަ ބަޔަކު ބާޒާރު ކުރާ ދުވަސް ވަރަކަށް ވާތީ، މިރެއިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ، ރޭގަނޑު 11:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. މިހާރު 10:00 ގައި ފިހާރަތައް ބަންދު ކުރަން ޖެހެ އެވެ،

ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރި ނަމަވެސް، ކެފޭ އަދި ރެސްޓޯރަންޓްތައް މިހާ ރެކޭ ވެސް އެއްގޮތަށް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 12:00 އާ ހަމަޔަށް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. މީގެ ކުރިން ފިހާރަ އާއި ކެފޭތައް ބަންދު ކުރާ ވަގުތު އަވަސް ކުރީ މާލެ ތެރޭގައި ކުށްކުރުން ގިނަ ވާތީ އެކަން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ. އަދި 24 ގަޑިއިރު ފިހާރަ ކެފޭ އަދި ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ.