އެމްއެންޑީއެފް

ފަރަށް އެރި ސަފާރީއެއް ފުންކޮށްފި

Mar 16, 2022

ފަތުރުވެރިން ތިބި ސަފާރީއެއް ފަރަށް އެރުމުން ސިފައިންގެ އެހީތެރިކަމާ އެކު ސަފާރީ ފުންކޮށްފި އެވެ.

ފަރަށް އެރީ "މޯލްޑިވްސް އެގްރެސޯ 2" ނަމަކަށް ކިޔާ ސަފާރި އެކެވެ.

ސިފައިންގެއިން ބުނީ ގއ. މާރެހާ ކައިރީގައި އަޅާފައި އޮތް މި ސަފާރީ މާރެހާގެ އިރުމަތީފަރާތު ފަރަށް އެރީ ނަގިލި ކަހާލައިގެން ކަމަށެވެ.

މިހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:25 ހާއިރު އެވެ.

ސިފައިންނާއި ސަފާރީގައި ތިބި މީހުން ކުރި މަސައްކަތުން ސަފާރީ ފުންކުރެވުނީ މިއަދު ހެނދުނު 7:05 ހާއރު އެވެ.

ސަފާރީ ފަރަށް އެރި ވަގުތު އޭގައި 22 ފަސިންޖަރުންނާއި 16 ފަޅުވެރިން ތިއްބެވެ.

ސިފައިންގެއިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަަށެވެ.