އައްބާސް ފާއިޒް

ރައީސްގެ މަންދޫބް، ނަޝީދާ ބައްދަލުކުރައްވައިފި

Mar 17, 2022
ރައީސްގެ ހާއްސަ މަންދޫބް އައްބާސް ފާއިޒު، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވަނީ -- ފޮޓޯ: މަޖިލިސް
100%
0%
0%

ރައްޔިތުންގެ މަޖލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަންކުރެއްވި ހާއްސަ މަންދޫބު އައްބާސް ފާއިޒް، ރައީސް ނަޝީދާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން އިއްޔެ މެންދުރުފަހު ކުރިއަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. ބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް މަޖިިލީހުގެ އިދާރާއިންނާއި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

މިއީ އައްބާސް ފާއިޒު ރައީސްގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ރައީސް ނަޝީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްބާސް ވަނީ މިދިޔަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު މަޖިލީހުގެ އިދާރާ އަށް ވަޑައިގެން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާ ބައްދަލުކުރައްވާފަ އެވެ.

އައްބާސް ފާއިޒު ވަނީ މިދިޔަ ހޯމަ ދުވަހު ވަނީ ބަންޑާރަނައިބް އިބްރާހީމް ރިފްއަތާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގެ މައުލޫމާތު އައްބާސްއާ ހިއްސާކުރައްވާފައިވެ އެެވެ. މީގެއިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް އެކުލަވާލާފައިވާ އިންޓެލިޖެންސް އޮޑިޓް ރިޕޯޓްގައިވާ ހުށަހެޅުންތައް ތަންފީޒުކުރަމުންދާ ގޮތުގެ މައުލޫމާތު ވެސް ބަންޑާރަނައިބް ރިފްއަތު ވަނީ ހިއްސާކުރައްވާފަ އެވެ.

އައްބާސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައި ދެވަނަ ދުވަހު އެވެ. އޭނާ ގެންދަވަނީ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވާ ހަމަލާއާ ގުޅޭ މައުލޫމާތު ހޯއްދަވަމުންނެވެ. އޭނާއަށް ލިބިވަޑައިގަންނަވާ މައުލޫމާތު ދޭތެރެދޭތެރެއިން ރައީސް ސޯލިހާ ބައްދަލުކުރައްވާ ހިއްސާވެސް ކުރައްވަ އެވެ.

އައްބާސް ފާއިޒް މަސައްކަތްކުރައްވަނީ ރައީސް އޮފީހުގަ އެވެ. ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއް ނިމި ތުހުމަތު ކުރެވޭ މީހުނާ މެދު ޝަރީއަތް ކުރެވި ނިހާއީ ހުކުމަކާ ހަމައަށް ވާސިލް ވަންދެން އައްބާސް ފާއިޒް މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކަމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ އެންމެންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލާ، ޝަރީއަތް ފަށާފަ އެވެ. ރައީސް ނަޝީދަށް ހަމަލާ ދިން އެންމެ އިސް މީހާ ކަމަށް ބުނާ އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ވެސް ކްރިމިނަލް ކޯޓުން މިހާރު ވަނީ ހުކުމްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345