ދުނިޔެ

ސައޫދީ ރަސްގެފާން އަމުރުފުޅަށް ޔުކްރޭން ރައްޔިތުންނަށް ވިސާ އިތުރުކޮށްދެނީ

ސައޫދީ އަރަބިއްޔާގައި ތިބި ޔުކްރޭން ރައްޔިތުނަށް ވިސާ އިތުކޮށް ދެއްވުމަށް ސަލްމާން ރަސްގެފާން އަރުމު ކުރައްވައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ޖެނެރަލް ޑައިރޮކްޓޮރޭޓް އޮފް ޕާސްޕޯޓްސް އިން އާންމު ބަޔާނެއްގައި ބުނެފައިވާ ގޮތުން ރަސްގެފާން އަމުރު ކުރެއްވި ގޮތަށް ހުރިހާ ކަމެއް ހަމެޖެހިގެން ދާނެ އެވެ.

ސައޫދީގައި މިހާރު ތިބި ޔުކްރޭން ރައްޔިތުން، އެއީ ދަތުރުވެރިއް، ޓޫރިސްޓެއް ނުވަތަ ކިޔަވާ ކުއްޖެއް އަދި ވިޔަފާރިވެރިއެއް ނަމަވެސް ވިސާ އިތުރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ޕާސްޕޯޓް ޑިޕާޓްމަންޓުން ބުނީ ވިސާ އިތުރު ކުރުމަށް އެއްވެސް މީހަކު އެއްވެސް ތާކަށް ދާކަށް ނުޖެހޭނެ ކަމަށާއި ޔުކްރޭން ރައްޔިތުންތަށް އޮޓަމެޓިން ވިސާ މުއްދަތު އިތުރުވެގެން ދާނެ ކަމަށެވެ.

ވިސާގެ މުއްދަތު އިތުރުކުރަން އެއްވެސް ފައިސާއެއް އެއް އެއްޗެއް ސައުދީ އިދާރާއަކަށް ދައްކަން ނުޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރަސްގެފާންގެ އަމުރަށް ކުރެވޭ މިޒާތުގެ ހުރިހާ ކަމެއް ހިނގައިދާނީ އިންސާނީ ހިލޭ އެހީގެ ތެރެއިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސައޫދީގައި މިހާރު ތިބި ޔުކްރޭން ރައްޔިތުންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ވެސް ސައޫދީ އިދާރާތަކުން އާންމުންގެ ކިބައިން ވަނީ އެދިފަ އެވެ.